ރިފްރެކްޓިވް އެރާރސް (އައިނު ނަންބަރެއް ހުރުން)
އައިނު ނަންބަރު އަޅަން ޖެހެނީ ކަޅުކަޅީގެ ގޮނިކަމަށް އަންނަ ބަދަލެއްގެ ސަބަބުން ލޮލަށް އެޅޭ އަލި ލޮލުގެ ފަރުދާއަށް ފޯކަސް ނުވުމުންނެވެ. ނުވަތަ ލޮލޮގެ ގޮބުޅީގެ ކުރު ދިގު މިނަށް އަންނަ ބަދަލުތަކެއްގެ ސަބަބުންނެވެ.
ދުރު ނުސާފުވުން ( ނިއަރ ސައިޓެޑްނެސް)
މިއީ ކައިރި ސާފުކޮށްފެނި، ދުރުގައި ހުންނަ ތަކެތި ނުސާފުކޮށް ފެނުމެވެ. މީގައި ލޮލަށްއެޅޭ އަލި ފޯކަސްވަނީ ލޮލުގެ އެއްމެ އެތެރެ ފަށަލަ (ރެޓިނާ)އަށް ވުރެ ކުރިއަށެވެ.

ކައިރި ނުސާފުވުން ( ފާރ ސައިޓެޑްނެސް)
މީގައި ގާތުންގައި ހުންނަ ތަކެތި ނުސާފުވާއިރު، ދުރު ފެންނާނީ ފުދޭވަރަކަށް ސާފުކޮށެވެ. މިހާލަތުގައި އެއްބައި ފަހަރު ފުސްކޮށް ފެންނަކަން ނޭނގިވެސް ހިނގައިދާނެއެވެ.
މިހެން ދިމާވަނީ ހާއްސަކޮށް ކުޑަކުދިންނަށެވެ. އެކަމަކު ތަންކޮޅެއް މަތީ އައިނު ނަންބަރެއް ހުރި ކަމުގައިވާނަމަ ކައިރި އަދި ދުރުވެސް ފުސްވެދާނެއެވެ.
އެސްޓިގްމެޓިޒަމް
ލޮލަށް އެޅޭ އަލި، ރެޓިނާގެ ވަކި ދިމާލަކަށް ފޯކަސްނުވެ، އެކި ދިމަ ދިމާލަށް ފޯކަސް ވުމަކީވެސް ވެދާނެ ކަމެކެވެ. މިހެން ވުމުން ކިޔަނީ " އެސްޓިގްމެޓިޒަމްއެވެ".
ޕްރެސްބަޔޯޕިއާ
އުމުރުން 39 އަހަރާއި ހަމަޔަށް ދިއުމުން ލޮލުގެ ފޯކަސް ކުރުމުގެ ބާރު މަޑުމަޑުން ކަންފަތިވާން ފަށާފާނެއެވެ. މިހެން ވުމުން ކުރިން ކައިރިން ކިޔޭ ތަކެތި ފުސްވާންފަށާނެއެވެ.
މިކަމުގެ ހައްލަކީ ކައިރި ސާފުކުރަން ފޮތްކިޔާ އައިނެއްގެ ބޭނުން ކުރުމެވެ.
މިއީ އެއްގޮތަކަށްވެސް ބައްޔެއް ކަމުގައި ނުބަލާށެވެ.
އައިނު ނަންބަރެއް ހުރިކަމުގެ އަލާމާތްތައް:
- ލޮލުގެ ފެނުން ފުސްވުން (އެއްމެ އާއްމު)
- ދޭތި ފެނުން (ޑަބަލް ވިޝަން)
- ގަދަ އަލީގެ ދަޅައިން އުނދަގޫވުން/ އަލި ވަށައިގެން ވައްބުރެއް ފެނުން
- ލޯ ކުޑަކޮށްގެން ބެލުން
- ބޮލޮގައި ރިއްސުން
- ލޮލުގައި ރިއްސުން އަދި ލޯ ވަރުބަލިވުން.

އައިނެއް އަޅަންޖެހޭކަން ދެނެގަންނާނީ ކިހިނެއް؟
މިކަން ދެނެގަނެވޭނީ ލޮލުގެ ފަރުވާއަށް ޙާއްސަ ބޭފުޅަކަށް ދައްކައިގެން ޓެސްޓުކެރެވުމުންނެވެ.
ރިފްރެކްޓިކްވް އެރާރސް ރަނގަޅު ކުރެވޭނީ ކިހިނެއް؟
އައިނު ނަންބަރު ހުރެގެންވާ އުނދަގޫތައް ރަނގަޅު ކުރުމަށް އައިނެއް، ލޮލަށް ލައްވާ ލެންސެއް (ކޮންޓެކްޓް ލެންސް) ޚިޔާރު ކުރާށެވެ. މިކަން ރަނގަޅު ކުރުމަށް ”ލޭސިކް“ ނަމަކަށް ކިޔާ އޮޕަރޭޝަނެއްވެސް ކުރެވިދާނެއެވެ.
ޑިޕާރޓްމަންންޓް އޮފް އޮފްތަލްމޮލޮޖީ
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް
Content from
IGMH / Dharumavantha Hospital leaflet
IGMH, Kan’baa Aisarani Higun,
20402, Male, Maldives