ޑައިބެޓިކް ރެޓިނޯޕަތީ

Normal vision compared with vision with diabetic retinopathy

ޑައިބެޓިކް ރެޓިނޯޕަތީއަކީ ހަކުރުބަލި (ޑައިބެޓިކްސް)ގެ ސަބަބުން ލޮލަށް ލިބޭ ގެއްލުންތަކެވެ. އަދި މިއީ ލޯ އަނދިރިވާން ދިމާވާ ސަބަބުތަކުގެ ތެރެއިން އެއްކަމެކެވެ.

ހަކުރުބަލިން ލޮލަށް ގެއްލުން ލިބެނީ ކިހިނެތް؟

Retina photograph with macular edema
OCT scan of macular edema

ހަކުރު ބަލި އަދި ކޮލެސްޓްރޯލް ލެވެލް މަތިވުމުން މީގެ ސަބަބުން ޜެޓީނަގެ ލޭ ދައރުވުން ދައްވެއެވެ.އަދި ޑައިބެޓިކް ބަލީގެ ސބަބުން ލޮލުގެ ލޭނާރުތަކުން ލީކްވެ ލޮލުގެ މެދު ދުޅަވެދާނެއެވެ. (ޑައިބެޓިކް މެކިއުލަރ އެޑީމާ)

މިބަލީގެ ސަބަބުން ލޮލުގެ ފެނުމަށް ބަދަލު އައުމުގެ ކުރިން ލޮލުގެ އެތެރޭގެ ފަށަލަ ހަލާކުވާން ފަށައެވެ. އަދި ފަރުވާ ލަސްވެއްޖެ ނަމަ އަނދިރިވެދާނެއެވެ. މީގެ އިތުރުން މިބަލި ހުންނަ މީހުންގެ ލޮލުގެ ނާރު ހަލާކުވެ ލޮލުގެ އެތެރޭގެ ލެންސް ފުސްވުމުގެ ފުރުސަތު ބޮޑުވާނެއެވެ.

ޑައިބެޓިކް ރެޓިނޯޕަތީ ޖެހުން އެންމެގާތީ ކޮންބަޔަކަށް؟

  • ޑައިބެޓިކްހުންނަ މީހުން ( ޓައިޕް 1 އަދި ޓައިޕް 2)
  • އާއިލާގައި ހަކުރުބަލި ހުރުން
  • ލޭގެ ޕްރެޝަރ މަތިވުން
  • ކޮލަސްޓޮރޯލް މަތިވެ،ފަލަވާބަލިހުރުން
  • މާބަނޑުވުން
Blood pressure check Overweight couple Pregnant woman

މިބަލި ހުރިކަން ދެނެ ގަންނާނި ކިހިނެތް؟

މި ބަލި ހުރިކަން ދެނެގަނެވޭނީ ލޮލުގެ ޓެސްޓްތައް ހެދުމުންނެވެ. މީގެ ތެރޭގައި

  • ލޮލުގެ ފެނުންހުރިވަރު ބެލުން
    Vision chart
  • ލޮލައް ބޭސް އެޅުމަށް ފަހު ލޮލުގެ އެތެރޭގެ ޕްރެޝަރ ބެލުން
    Diabetic retinopathy occurs when diabetes damages the tiny blood vessels inside the retina (National Eye Institute, 2014)
  • ރެޓީނަރގެ ސްކޭންޙެދުން ( އޯ.ސީ.ޓީ)
    OCT retina scan

ލޮލައް ބޭސް އެޅުމަށް ފަހު ލޮލުގެ އެތެރެ ބެލުން މުހިންމީ ކީއްވެ؟

Eye examination at a slit lamp

މިޓެސްޓް ހެދުމުން ލޮލުގެ އެތެރޭގެ ލޭ ހޮޅިތަކަށް އެއްވެސް ބަދަލެއް އައިތޯ ބެލުމާއި، ލޮލުގެ އެތެރޭގެ ފަށަލަ ކަމުގައިވާ ރެޓިނާއަށް ހަކުރުގެ އެއްވެސް އަސަރެއް ހުރިތޯ ބެލޭނެއެވެ. ބައެއްފަހަރު ފެނުމަށް ދަތިނުވެވެސް ލޮލުގެ އެތެޜޭގެ ފަށަލައިގައި ހަކުރުގެ ނިޝާން ހުރެއެވެ.

Retina photograph showing diabetic retinopathy

ޑައިބެޓިކް ރެޓިނޯޕަތީއަށް ފަރުވާ ކުރެވޭނީ ކިހިނެތް؟

Pan retinal photocoagulation (PRP) laser treatment

ބަލީގެ ކުރީކޮޅޫ މި ބައްޔަށް އެއްވެސް ފަރުވާއެއް ބޭނުމެއްނުވެއެވެ. ނަމަވެސް ބަލި އިތުރުވިޔަ ނުދިނުމަށް ހަކުރުބަލި ހުންނަ މީހުން އަދި ކޮލަސްޓްރޯލް ހުނަމިހުން ޕްރެޝަރ އެއްމިންގަޑެއްގައި ދެމެހެއްޓުން ވަރަށް މުހިންމެވެ. ހަކުރުގެ ނުބައި އަސަރު ވަކިވަރަކަށް ވުރެ ބޮޑަށް ކުރުމުގެ ސަބަބުން ލޮލަށް ލޭޒާ ދޭންޖެހެއެވެ. އަދި ބައެއް ހާލަތްތަކުގައި ލޮލަށް "އެންޓި ވީ.އީ.ޖީ.އެފް" އިންޖެކްޝަން ދޭންޖެހެއެވެ.

ލޮލުގެ ފެނުން ރައްކާތެރި ކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟

  • ހަކުރުބައްޔަށް ގަވާއިދުން ބޭސްކުރުން
  • ބަރުދަން މިނުގައި ހިފެހެއްޓުން
  • ލޭ ހަކުރު އަދި ކޮލަސްޓްރޮލް އެއް މިނުގައި ހިފެހެއްޓުން
  • ދުންފަތުގެ އިސްތިޢުމާލު ނުކުރުން ކަސްރަތު ކުރުން
Running No smoking

ހަކުރުބައްޔައް ފަރުވާ ކުރާނަމަ ގާވާއިދުން ލޮލުގެ ސްކްރީން ކުރައްވާ!

Content from

IGMH / Dharumavantha Hospital leaflet

IGMH, Kan’baa Aisarani Higun,
20402, Male, Maldives