ކެޓަރެކްޓް (ލޮލަށް ފުސް އެރުން)
ކެޓަރެކްޓަކީ ކޮބައި؟
މިއީ ގުދުރަތީ ގޮތުން ލޮލުގައި އިންނަ ލެންސްއަށް ފުސް އެރުމެވެ.
ދެލޮލަށްވެސް ފުސް އަރާފާނެއެވެ. މިއީ އެއްލޮލުން އަނެއް ލޮލަށް އަރާ ބައްޔެއް ނޫނެވެ.
ގުދުރަތީ ގޮތުން ލޮލުގައި އިންނަ ލެންސްއަކީ ސާފު ބިއްލޫރި ކޮޅެއް ކަހަލަ އެއްޗެކެވެ. މި ލެންސްގެ ބޭނުމަކީ ލޮލަށް އެޅޭ އަލި ރެޓިނާ (ލޮލުގެ އެއްމެ އެތެރެ ފަށަލަ) އަށް ފޮނުވާ ދިނުމެވެ. ސާފުލެންސެއްގައި އެއްވެސް ފުސްކަމެއް ހުރެގެން ނުވާނެއެވެ.

ލޮލަށް ފުސް އެރުމުގެ ފުރުޞަތު
ބޮޑީ ކޮން ބަޔަކަށް؟
- އުމުރުން ދުވަސްވީ މީހުން
- ބައެއް ބަލިތައް (ހަކުރުބަލި) ހުންނަ މީހުން
- ދުންންފަތުގެ އިސްތިއުމާލު ކުރާ މީހުން
- އާއިލީގޮތުން ވާރުތަވުން
- ސިއްހަތަށް ފައިދާ ހުރި ރަނގަޅު ކާނާ ނުކެއުން
ފުސް އެރުމުގެ އެހެން ވައްތަރުތައ ހުރޭތަ؟
- އުމުރުން ދުވަސް ވުމުގެ އިތުރުންވެސް ލޮލަށް ފުސް އަރާފާނެއެވެ.
- ލޮލުގެ އޮޕަރޭޝަނަކާއި ގުޅިގެން (ވިޓްރެކްޓަމީ)
- ގުލަކޯމާ ފަދަ ލޮލުގެ އެހެން ބައްޔެއްގެ ސަބަބުން
- ލޮލަށްލިބޭ އަނިޔާއަކާއި ގުޅިގެން
- އުފެދުމުގައި ލޮލަށް ފުސްއަރާފައި ހުރުން
- ނުވަތަ ސްޓެރޮއިޑް ބޭސް ކެއުން
ފުސް އެރުމުގެ އަލާމާތަކީ ކޮބާ؟
- ލޯ ފުސްވުން
- ކުލަ ފަނޑުވުން
- އާދަޔާ ޙިލާފަށް ދަޅައަޅާހެން ހީވުން
- ޑަބަލްކޮށް ނުވަތަ ދޭތި ފެނުން
- އަވަސް އަވަހަށް އައިނު ނަންބަރު ބަދަލުވުން
ލޮލަށް ފުސް އެރިކަން އެނގޭނީ ލޯ ފުރިހަމައަށް ބަލައި ޓެސްޓް ކުރުމަށް ފަހުގައެވެ. މީގެ ތެރޭގައި؛
- ލޮލުގެ ފެނުން ހުރި މިންވަރު ބެލުން
- ލޮލުގެ ކަޅުކަޅި ބޮޑުކޮށް ލޮލުގެ އެތެރެ ބެލުން
- ލޮލުގެ ޕްރެޝަރ ބެލުން
ލޮލަށް ފުސް އެރުމުގެ ފަރުވާއަކީ ކޮބާ؟
- އައިނު އެޅުން
- އަވި އައިނު އެޅުން
- ފުސްކަހާ އޮޕަރޭޝަން ކުރުން (ފުސްއަރާފައިވާ ގުދުރަތީ ލެންސް ނެގުމަށްފަހު މަސްނޫއީ ލެންސެއް ލެއްވުން)
ފުސްކަހާ އޮޕަރޭޝަން ކުރުން އެންމެ ރަނގަޅީ އާދައިގެމަތިން އެމީހަކު ކޮށްއުޅޭ މަސައްކަތަކަށް ދަތިވާން ފެށުމުންނެވެ. މިސާލަކަށް އެއްޗެހި ކިޔުން، ޓީވީ ބެލުން ނުވަތަ އުޅަނދެއް ދުއްވުން

ލޮލަށް ފުސްއެރުމުން ރައްކާތެރި ވުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
- އަވިއައިނު އެޅުން
- ތޮފި އެޅުން (އިރުގެ ނުރައްކާތެރި ދޯދިތަކުން ރައްކާތެރި ވުމަށް)
- ދުންފަތުގެ އިސްތިއުމާލު ނުކުރުން
- ސިއްޙަތަށް ފައިދާހުރި ރަނގަޅު ކާނާ ކެއުން
( ފަތްޕިލާވެލި، ތަރުކާރީ، މޭވާ)
Content from
IGMH / Dharumavantha Hospital leaflet
IGMH, Kan’baa Aisarani Higun,
20402, Male, Maldives